ރާއްޖެ ޓީވީން ތިން އަތޮޅަކަށް ކަރެސްޕޮންޑެންޓުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްޑީޕީގެ ހަބަރުތަކަށް ހާއްސަ ރާއްޖެ ޓީވީން ބުނީ ކަރެސްޕޮންޑެންޓުން ބޭނުން ވަނީ އައްޑު އާއި ހދ. ކުޅުދުށްޓާއި ގދ. ތިނަދުއަށް ކަމަށެވެ. އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
ރާއްޖެ ޓީވީން ބުނީ އެ ޗެނަލްގެ ކަރެސްޕޮންޑެންޓުންގެ ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން 3000775 އަށް ސީވީ ފެކްސް ކުރެވޭނެ ކަމަށާއި ރާއްޖެ ޓީވީގެ މެއިލަށް ވެސް ފޮނުވޭނެ ކަމަށެވެ.
އެ ޗެނަލުން ބުނީ ކަރެސްޕޮންޑެންޓުންގެ ގޮތުގައި ނަގާނީ ނޫސްވެރިކަމުގެ ދާއިރާ އަށް ޝައުގުވެރިކަން ހުންނަ އޯލެވެލް ފެންވަރުގް މީހުން ކަމަށެވެ. އަދި ނޫސްވެރިކަމުގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް ރާއްޖެ ޓީވީން ބުންޏެވެ.