ދިވެހި ރާއްޖޭގެ ކަނޑުގެ ތެރެއަށް ގަވާއިދާ ޚިލާފަށް ވަދެފައި އޮތް ލަންކާގެ މަސް ބޯޓެއް ގައުމީ ދިފާއީ ބާރުން އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މިބޯޓު އަތުލައިގެންފައި ވަނީ ގދ. ގައްދޫ ބޭރުން ކަމަށެވެ. ބޯޓު ދިފާއީ ބާރުގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެ ބޯޓުގައި ލަންކާގެ ހަ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އިއްޔެ ހަވީރު 16:35 އެހާކަށްހާއިރު ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ރޭ ބޯޓު ފުވައްމުލަކަށް ގެންގޮސް ފުވައްމުލަކު ޕޮލިސް ސްޓޭޝަނާ ފަޅުވެރިން ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.