މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް، އަހުމަދު މަހްލޫފް އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާނާ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި އޭއެފްސީގެ ރައީސާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަން އިއުލާންކޮށްފައިވާއިރު މިބައްދަލުވުމުގައި ދިވެހި ފުޓުބޯޅަ ތަރައްގީ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މިބައްދަލުވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ޝެއިޚް ސަލްމާނަށް، ރާއްޖެ ވަޑައިގަތުމަށް ރަސްމީ ދައުވަތެއް އަރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެފްއޭއެމަށް މިނިސްޓްރީން ފިޔަވަޅު އެޅުމުން ފީފާ އަދި އޭއެފްސީން ސަރުކާރަށް އިންޒާރު ދިންކަމަށް ދެކެވުނު ވާހަކަތަށް މަހްލޫފް ވަނީ ދޮގުކުރައްވާފައެވެ.