Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އައްޑޫގެ ހުރިހާ ދާއިރާއެއްގައި އެމްޑީޕީ ޕްރައިމަރީ ބާއްވާނެ

އައްޑޫ ސިޓީގެ 7 ދާއިރާއަށް ވެސް މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އިން އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލުމުން، ޕްރައިމަރީ ބާއްވާން ނިންމައިފިއެވެ.

އެމްޑީޕީ އިން ބުނެފައިވަނީ 280 ކެންޑިޑޭޓަކު އެޕާޓީއަށް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށައަޅާފައިވާ ކަމަށެވެ. އެންމެ ކެންޑިޑޭޓަކު ވާދަކުރާ 9 ދާއިރާއެއް ހިމެނޭ ކަމަށާއި އެހެން ހުރިހާ ދާއިރާއެއްގެ ޕްރައިމަރީ ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެގޮތުން ޕްރައިމަރީ ނުބާއްވާ ދާއިރާތަކަކީ، ހޯރަފުށި، ބާރަށް، ދިއްދޫ، މިލަންދޫ، އަލިފުށި، މަހިބަދޫ، ފުވައްމުލަކު އުތުރު، ގަލޮޅު އުތުރު އަދި މާފަންނު އުތުރު ދާއިރާއެވެ. އެ ނުވަ ދާއިރާއަށް ވެސް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓެކެވެ.

އައްޑޫގެ ދާއިރާތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުން މިހާރުވެސް ކެމްޕޭނު ކުރަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.