Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ސަލްމާން އޭނާގެ އުފަންދުވަސް ހޭދަކުރަން ބޭނުންވަނީ އެކުވެރިންނާއި އާއިލާއާއެކު

ބޮލީވުޑްގެ މަޝްހޫރު ސުޕަސްޓާ ސަލްމާން ޚާން އޭނާގެ އުފަންދުވަސް ހޭދަ ކުރަން ބޭނުންވަނީ އޭނާގެ އާއިލާއާއި އެކުވެރިންނާއެކުގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު 53 އަހަރު ފުރޭ ސަލްމާން ޚާންގެ އުފަން ދުވަހަށް މުޅި އާއިލާ ދަނީ ތައްޔާރު ވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ސަލްމާންގެ ފާމް ހައުސްގައި އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި 26 ޑިސެމްބަރުގައި އާއިލާއާއި މެހެމާނުން ބައްދަލުކޮށް ހަފްލާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ސަލްމާންގެ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމް "ބާރަތު" އެވެ. އެ ފިލްމްގެ ޝޫޓިންގތައް ކުރިޔަށް ގެންދިޔުމަށްޓަކާ ދިއްލީ، ޕަންޖާބް އަދި އަބޫދާބީ ފަދަ ލޮކޭޝަންތަކުގައި ވަނީ ޝެޑިއުލް ކުރެވިފައެވެ.

ސަލްމާން ޚާން އަދި ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ރިލީސް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އީދަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކި އެކި ރޯލުތަކުން ޖެކީ ޝްރޮފް، ދިޝާ ޕަޓާނީ، ނޯރާ އަދި ސުނިލް ގްރޯވާ ފަދަ ފަރާތްތައް ފެނިގެންދާނެއެވެ.