ނައިބު ރައީސް ފައިސަލް ނަސީމް، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ނޮޅިވަރަމަށާއި ހަނިމާދޫ އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
އެގޮތުން މިއަދު ހެނދުނު ފައިސަލް ނޮޅިވަރަމަށް ވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ޒިޔާރަތުގައި ފައިސަލް ވަނީ ނޮޅިވަރަމް ކައުންސިލްގެ އިދާރާއަށާއި، ނޮޅިވަރަމް ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ މުޢައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި، އެތަންތަނުގެ ޙާލަތު ބައްލަވައިލައްވައި، މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައިލައްވާފައެވެ.
މީގެ އިތުރުން މިއަދު މެންދުރުފަހު ހަނިމާދޫ އަށް ފައިސަލް ކުރެއްވި ޒިޔާރަތުގައި ވެސް ހަނިމާދޫ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ޒިޔާރަތުގައި ފައިސަލް ވަނީ ހަނިމާދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި، މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައިލައްވާފައެވެ.