Last Updated: June 19, 18:13
Friday, June 19, 2026
މުނިފޫހިފިލުވުން

"ހެލްބޯއި"ގެ ޓްރެއިލާ ދައްކާލައިފި

ޑާކް ހޯސް ކޮމިކްސްގެ ކެރެކްޓާއަކަށް ބިނާކޮށް އުފައްދާފައިވާ ސުޕާހީރޯ ފިލްމް "ހެލްބޯއި"ގެ ޓްރެއިލާ އިއްޔެ ދައްކާލައިފި އެވެ.

ނީލް މާޝެލް ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ ޓައިޓަލް ރޯލުން ފެނިގެންދާނީ މަޝްހޫރު އެކްޓަރު ޑޭވިޑް ހާބަރ އެވެ. މި ފިލްމަކީ ހެލްބޯއީ ފިލްމް ސީރީސްގެ ރީބޫޓް އެކެވެ.

ކުރިން ރިލީޒްކުރި ފިލްމްތަކަށްވުރެ މި ފިލްމްގައި ކޮމެޑީގެ ބައި ބޮޑެވައި، އާރް ރޭޓެޑް ސީންތަކާއި އެހެން ދުނިޔެތަކުން އަންނަ މޮންސްޓާސްގެ އިތުރުން އިންސާނިއްޔަތާއި ދެކޮޅަށް ބަދަލު ހިފަން ބޭނުންވާ ރާނީއެއް ފެނިގެންދާނެ އެވެ.

ޓްރެއިލާ ފެށޭއިރު ފެނިގެންދަނީ ބްލަޑް ކުއީން އާއި މޮންސްޓާސް އާއި ދެކޮޅަށް ބިއުރޯ އޮފް ޕެރެނޯމަލް ރިސާޗް ޑިފެންސް (ބީޕީއާރްޑީ) އާއެކު ހެލްބޯއި މަސައްކަތްކުރާ މަންޒަރެވެ.

މީގެ ކުރިން އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރުމަށް ޝެޑިއުލްކޮށްފައި އޮތް މި ފިލްމް މިހާރު ރިލީޒްކުރާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ.