Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

މެރިއަމް-ވެބްސްޓަރގެ ވާޑް އޮފް ދަ އިޔަރ އަކަށް "ޖަސްޓިސް"

ދުނިޔޭގެ އެންމެ މަޝްހޫރު އެއް އޮންލައިން ޑިކްޝަނަރީ ކަމަށްވާ "މެރިއަމް-ވެބްސްޓަރ"ގެ ވާޑް އޮފް ދަ އިޔަރ 2018 އަކަށް ހޮވުނު ބަހަކީ "ޖަސްޓިސް" ނުވަތަ ދިވެހި ބަހުންނަމަ، އިންސާފު އެވެ.

އެ ވެބްސައިޓް އިން ހާމަކުރާ ގޮތުގައި 2017 ވަނަ އަހަރާއި އަޅާބަލާއިރު "ޖަސްޓިސް"، މި ބަސް ސާޗުކުރި މިންވަރު ވަނީ 74% އިތުރުވެފަ އެވެ. މެރިއަމް-ވެބްސްޓަރ އަކީ އެމެރިކާގެ އެންމެ އިތުބާރުހުރި ޑިކްޝަނަރީގެ ގޮތުގައި މަޝްހޫރުވެފައިވާ ވެބްސައިޓެކެވެ.

މީގެ އިތުރުން ޑިކްޝަނަރީ.ކޮމް (www.dictionary.com)ގެ ވާޑް އޮފް ދަ އިޔަރ އަކީ 'މިސްއިންފޮމޭޝަން' ކަމަށްވާއިރު، އޮކްސްފޯޑް އިންގްލިޝް ޑިކްޝަނަރީގެ ވާޑް އޮފް ދަ އިޔަރ އަކަށް ހޮވުނީ "ޓޮކްސިކް" އެވެ.

މެރިއަމް-ވެބްސްޓަރ ޑިކްޝަނަރީގައި "ޖަސްޓިސް" އަށްފަހު ދެން އެންމެ ގިނައިން ސާޗުކޮށްފައިވާ ބަސްތަކުގެ ތެރޭގައި "ނެޝަނަލިޒަމް"، "ޕޭންސެކްޝުއަލް"، "ލޮޑެސްޓަރ"، "އެޕިފަނީ"، "ފެކްލެސް"، އަދި "ލޯރެލް" ހިމެނެއެވެ.