Last Updated: July 6, 06:23
Sunday, July 6, 2025
ޚަބަރު

ގެޓްވިކް އެއާޕޯޓު ކައިރީގައި ޑްރޯން އެރުވުމުން ދެ މީހަކު ހައްޔަރުކޮށްފި

ގެޓްވިކް އެއާޕޯޓުގައި ފުލުހުންނާއި މިލިޓަރީ ސިފައިން ހަރަކާތްތެރިވަނީ. --ފޮޓޯ: އޭޕީ

އިނގިރޭސިވިލާތުގެ ގެޓްވިކް އެއާޕޯޓް ކައިރިން ޑްރޯންތަކެއް އެރުވުމުގެ ކުށުގައި ދެ މީހަކު ހައްޔަރުކޮށްފަައިވާ ސަސެކްސް ޕޮލިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައިވެއެވެ.

ޑްރޯން ތަކެއް އެރުވުމުން މިދިޔަ ދެ ދުވަހު އިނގިރޭސިވިލާތުގެ ދެވަނަ އަށް އެންމެ ބާރު ބޮޑު، ގެޓްވިކް އެއާޕޯޓްގެ ދަތުރުތައް ދެ ފަހަރު މަތީން 36 ގަޑިއިރަށް ހުއްޓުމަކަށް ގެނެސް އެއާޕޯޓް ބަންދުކުރުމާއި ގުޅިގެން ލައްކަ އަކަށް ވުރެ ގިނަ ފަސިންޖަރުންގެ ފްލައިޓް ޑިލޭވެ އަހަރީ ޗުއްޓީ އަށް ފުރަން އުޅުނު އެތައް ބައެއްގެ ދަތުރުތަކަށް ބުރޫ އެރިއެވެ.

އިނގިރޭސިވިލާތުގެ ފުލުހުންގެ އިދާރާއިގެ ސުޕްރިންޓެންޑެންޓެއް ކަމަށްވާ ޖޭމްސް ކޮލިސް މައުލޫމާތު ދިން ގޮތުގައި އެއާޕޯޓު ކައިރީގައި ޑްރޯން އެރުވުމުގެ ސަބަބުން ދެ މީހަކު ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ އެގައުމުގެ ގަޑިން ރޭގަނޑު 10 ޖަހަން އުޅެނިކޮށެވެ.

ހައްޔަރުކުރެވުނު މީހުންނާއި ބެހޭ އެއްވެސް ތަފްޞީލެއް މިހާތަނަށް އައިއިރު ފުލުހުން ހާމަކޮށްފައިނުވާއިރު އަދިވެސް ތަހްގީގު ކުރިއަށް ދާތީވެ އާއްމުންގެ ފަރާތުން މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކާއި ހިއްސާކުރުމަށް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގެޓްވިކް އެއާޕޯޓުން އެންމެ ފަހުން ލިބުނު މައުލޫމާތުގައިވާގޮތުން މިހާރު އަލުން ރަންވޭ ހުޅުވާފައިވާކަމަށާއި ފުރަން އެއާޕޯޓަށް އައުމުގެކުރީން އެއާލައިން މެދުވެރިކޮށް ފްލައިޓްތަކާއި ގުޅޭގޮތުން ފަސިންޖަރުން ޗެކް ކުރުމަށްވަނީ އެދިފައެވެ.