Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މައުމޫން ބޭސްފަރުވާއަކަށް އިންޑިޔާއަށް

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއެކު އިންޑިޔާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

މައުމޫން ވިދާޅުވީ އިންޑިޔާއަށް ކުރައްވާ ކުރު ދަތުރުފުޅަކީ ބޭސް ފަރުވާއަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއް ފަހުން އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

މައުމޫން ފުރާވަޑައިގެންނެވީ ބުރާސްފަތި ދުވަހުގެރޭ ކޯލިޝަންގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުއެވެ. ނަމަވެސް ކޯލިޝަނުގައި އޮތް ހަތަރު ޕާޓީގެ ތެރޭގައި އުފެދިފައިވާ މަޖިލިސް އިންތިޚާބާ ގުޅޭ ޚިޔާލުތަފާތުވުންތަކަށް އަދިވެސް ހައްލެއް ނުލިބެއެވެ.

އެމްޑީޕީން މަޖިލީހުގެ 86 ދާއިރާއަކަށް ވާދަކުރަން ނިންމާފައިވަނިކޮށް، ޖުމުހޫރީ ޕާޓީން ވަނީ އެޕާޓީން ވެސް 87 ދާއިރާއަށް ވާދަކުރައްވަން ކެރޭނެ ކަމަށް ބުނެފައެވެ.