Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މޫސަ އަނެއްކާވެސް ހައްދުންމައްޗަށް، މިފަހަރު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި

މޫސާ މަނިކު ޕީޕީއެމް ޖަލްސާއެއްގައި: ފޮޓޯ - މިހާރު

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާ ތަމްސީލު ކުރައްވަމުން އަންނަ މެމްބަރު ރީކޯ މޫސާ މަނިކު މިފަހަރު އަމިއްލަ ގޮތުން ލ. ގަމު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

ލ. އަތޮޅުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ މޫސާ މަނިކަށް ޕީޕީއެމުން ޓިކެޓު ދިން އިރު ޓިކެޓެއް ލިބިފައެއް ނުވެއެވެ. މޫސަ ވަނީ ދާދި ފަހުން އެޕާޓީން ވަކިވެވަޑައިގެންފައެވެ.

މީގެ 18 އަހަރު ކުރިން، 2004 ވަނަ އަހަރު އިލްޔާސް އިބްރާހިމާއެކު ލ. އަތޮޅުގެ މެމްބަރު ކަމަށް އިންތިޚާބުވި ފަހުން މޫސާމަނިކު ވަނީ މެދު ކެނޑުމެއް ނެތި 18 އަހަރު މަޖިލީހުގައި މަސައްކަތް ކޮށްފައެވެ.

މިހާރު އަމަލުކުރާ ގާނޫނު އަސާސީ އެކުލަވާލި މަސައްކަތުގައި އޭނާގެ ބައިވެރިވުން ބޮޑެވެ. "މިހާރު" އަށް ދިން އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ މާލެ ދާއިރާއަކަށް މިފަހަރު ނުނިކުންނެވީ ދާއިރާތައް މަސްހުނި ވެފައި އޮތުމުން ކަމަށެވެ.

އަދި އޭނާ ވަރަށް ގިނަ ދުވަހު މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ ކަމަށާއި މަޖިލިސް ދެކެ ވަރަށް ލޯބިވާ ކަމަށް ވިދާޅުވިއެވެ. ޔާމީން ވެރިކަމަށް ވަޑައިގަތުމުން ޕީޕީއެމާ އެއްކޮޅަށް އެމްޑީޕީގެ ނިންމުންތަކާ ޚިލާފަށް މަޖިލީހުގައި މަސައްކަތް ފެށުމުން މޫސަ ވަނީ އެމްޑީޕީން ވަކިކޮށްފައެވެ.

އެމްޑީޕީން ވަކިކުރުމުން ޕީޕީއެމާ ގުޅިވަޑައިގެން މޫސަ ވަނީ ކުރީގެ ރައީސް ޔާމީންގެ ކެމްޕޭނު ހަރަކާތްތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައެވެ.