Last Updated: April 25, 09:17
Thursday, April 25, 2024
ޚަބަރު

ތިމާވެއްޓާ ރަށްޓެހި ކުރުމަށް ނެދަލެންޑްސްގައި ބައިސްކަލް ދުއްވައިގެން އާމްދަނީ ހޯދޭނެ

އިންޖީނުލީ އުޅަނދުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ނެދަލޭންޑްސް އިން ކުރާ މަސައްކަތުގައި އެގައުމުގައި ދިރިއުޅޭ މީހުންނަށް ވުރެ ބައިސްކަލް ގިނަކޮށްފިއެވެ.

ސަތާރަ މިލިއަން މީހުން ދިރިއުޅޭ ނެދަލެންޑްސްގައި މިހާރު 23 މިލިއަން ބައިސްކަލް ލިބެން ހުންނާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ބައިސްކަލް ދުއްވާ ފަރާތްތަކަށް ސަރުކާރުން ލާރިދޭން ވެސް ވަނީ ނިންމާފައެވެ.

ނެދަލޭންޑްސް ސަރުކާރުން ވަނީ ބައިސްކަލް ގިނަ ކުރުމުގެ ޕްރޮގްރާމަށް 390 މިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަން އިއުލާން ކޮށްފައެވެ. އަދި ބައިސްކަލް ދުއްވާ ފަރާތްތަކަށް ޚާއްސަ ފްރީވޭ ތައް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ބައިސްކަލުގައި ދަތުރުކުރާ ފަރާތްތަކަށް ޚާއްސަ 15 މަގެއް ހަދައި ދުއްވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ބައިސްކަލް ބަހައްޓާނެ 60 ސްޓޯރޭޖް ފެސިލިޓީވެސް ގާއިމް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

[ސީއެންއެން]