ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރަމުން އަންނަ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑަށް ބިލްކުރާ ތާރީހަށް ބަދަލު ގެނެސްފި އެވެ.
ބެންކުގެ އެމެކްސް ކްރެޑިޓް ކާޑަށް ކޮންމެ މަހަކު 25 ވަނަ ދުވަހު ބިލް ކުރަމުން ދިޔަ ނަމަވެސް އެ ތާރީހް ވަނީ ކޮންމެ މަހަކު 10 ވަނަ ދުވަހަށް ބަދަލުކޮށްފަ އެވެ. އަދި ބެންކުގެ ވިސާ ކާޑަށް ބިލް ކުރަނީވެސް މި ތާރީހުގަ އެވެ.
ބޭންކުން ބުނީ ބިލް ކުރާ މުއްދަތަށް ބަދަލު ގެނައި ނަމަވެސް ކުރިއެކޭ ވެސް އެއްގޮތަށް އެމެކްސް ކްރިޑިޓް ކާޑަށް ފައިސާ ދައްކަން ޖެހޭނީ ބިލް ކުރާތާ 21 ދުވަހުގެ ތެރޭގައި ކަމަށެވެ.
"އަޅުގަނޑުމެންގެ މަގުސަދަކަށްވީ ވިސާ ކްރެޑިޓް ކާޑަށް ބިލް ކުރާ ތާރީހާ އެއް ދުވަހަކަށް އެމެކްސް ކާޑުގެ ތާރީޚު ވެސް ބަދަލު ކުރުން. އެ މަގުސަދުގައި މި ބަދަލު މި ގެނައީ،" ބޭންކްގެ އޮފިޝަލަކު ވިދާޅުވި އެވެ.