Last Updated: June 19, 18:13
Friday, June 19, 2026
މުނިފޫހިފިލުވުން

"ސިމްބާ"ގެ އާ ލަވައެއް ނެރެފި

ސާރާ އަލީ ޚާން އާއި ރަންވީރް ސިންގްގެ ފިލްމް "ސިމްބާ"ގެ މުޅިން އާ ލަވައެއް ނެރެފި އެވެ. "އާންކް މާރޭ" އާއި "ތޭރޭ ބިން" އަށްފަހު މިހާރު ރިލީޒްކުރި ލަވައަށް ކިޔަނީ "އާލާ ރޭ އާލާ" އެވެ.

ދޭވް ނެގީ އާއި ގޯލްޑީ ކިޔައިދީފައިވާ މި ލަވަ އަށް ވަނީ ދެ ދުވަހުގެ ތެރޭގައި 6 މިލިއަން ވިއުސް ލިބިފައެވެ. ބެލެވޭ ގޮތުގައި މި ލަވައަކީ ފިލްމްގައި ރަންވީރް ސިންގްގެ އެންޓްރީ އަށް ޚާއްސަކޮށް ހަދާފައިވާ ލަވައެކެވެ. ތަންޝިކް ބަގްޗީ ކޮމްޕޯޒްކޮށްދީފައިވާ މި ފިލްމްގެ ލިރިކްސް ލިޔެފައި ވަނީ ޝައްބީރް އަހްމަދު އެވެ.

މި ހިނގާ ޑިސެމްބަރ މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ރޯހިތު ޝެޓީ އެވެ. ސާރާ އާއި ރަންވީރްގެ އިތުރުން ސޯނޫ ސޫދު އާއި ސިދާތު ޖާދަވްގެ އިތުރުން އާޝުތޯޝް ރާނާ ވެސް މި ފިލްމްގެ މުހިންމު ރޯލްތަކުން ފެނިގެންދާނެ އެވެ.