އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުން މުހައްމަދު އަންވަރު އިސްތިއުފާ ދެއްވައި، އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ފޮނުވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގާތް ގުޅުމެއް އޮންނަ އަންވަރު މިއަދު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މަގާމާއި ހަވާލުވި ފަހުން އަންވަރު އޮފީހަށް ވަޑައިގެންފައިނުވާ ކަމަށް އެނގިފައިވެއެވެ.
އަންވަރު ވަނީ އޭނާ މަގާމުގައި ހޭދަކުރި ދުވަސްތަކުގައި އެކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި މެމޯއެއް ނެރެފައެވެ.
ޚަބަރު ލިބޭ ގޮތުގައި އޭނާގެ މަގާމަށް ދެން ގެންނާނީ ޖޭޕީގެ ފަރާތުން އެފްއޭ ފަޔާޒެވެ.