Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ނަޝީދު ދުންޔާ މައުމޫނާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ފޮރިން މިނިސްޓަރ އަދި ރައިސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫނާ ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ދެބޭފުޅުންގެ ބައްދަލުވުމުގެ ތަފްސީލެއް އެމްޑީޕީން ދެއްވާފައެއް ނުވެއެވެ. ދުންޔާ ވަނީ މާޒީގައި ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެކަމަނާގެ ބައްޕާފުޅު، ކުރީގެ ރައިސް ޔާމީންގެ ވެރިކަމުގައި ހައްޔަރުކުރުމުން ވެސް އެކަމުގެ ޒިންމާވެސް ނަގަން ޖެހޭނީ ނަޝީދު ކަމަށް ދޭހަވާ މޭރުމަކުން ދުންޔާ ވަނީ ވާހަކަ ދައްކަވާފައެވެ.

ނަމަވެސް ފަހުން ނަޝީދު ޑިމޮކްރަސީގެ ހައްގުގައި ކުރެއްވި މަސައްކަތަށް ދުންޔާ ވަނީ ތައުރީފްކޮށް، ނަޝީދާ ގުޅޭގޮތުން ގެންގުޅުއްވި ރާގު ބަދަލުކޮށްފައެވެ.

ނަޝީދާއި ދުންޔާގެ ބައްދަލުވުމާ ގުޅޭގޮތުން "އައްޑޫލައިވް" އިތުރު މައުލޫމާތެއް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.