Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ބަނގުރަލާ އެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލެއިން ބަނގުރަލާއެކު މީހަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވަނީ ހުކުރު ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ބަނގުރޭ އެތެރެކުރަން އުޅުނީ ހުޅުމާލޭގައި އޮތް ސަފާރީއަކުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މިއޮޕަރޭޝަނުގައި ފުލުހުން އޭނާ ހުއްޓުވައި ދުއްވަމުން ދިޔަ ކާރު ބަލާ ފާސްކުރިއިރު 33 ފުޅި ބަނގުރާ ކާރު ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.