ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ދެ ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނާ ގޮތުގައި މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ރައީސް ސޯލިހު މިއަދު ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަންގެ މަޤާމަށް، ގަލޮޅު އަލަފަރު ޚަދީޖާ އާދަމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް، ގަލޮޅު ޒަމާނީއާކުލަ މުޙައްމަދު ޝާފިޢީ ކަމަށެވެ.
މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިއާއެކު މިހާރުގެ ސަރުކާރުގައި ޖުމްލަ 46 ސްޓޭޓް މިނިސްޓަރުން ތިއްބަވާނެ އެވެ.