Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ގްރޭޑް އެކެއްގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ރީޔޫސެބަލް ފެންފުޅި ބަހަނީ

އަންނަ އަހަރު ގްރޭޑް އެކެއްގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ރީޔޫސެބަލް ފެންފުޅި ބެހުމަށް ނިންމައިފި އެވެ.

މިކަން އިއުލާންކޮށްފައި ވަނީ އެންވަޔަރަމެންޓް މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނެފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔުނިސެފް މޯލްޑިވްސް އާއި ގުޅިގެން އަންނަ އަހަރުގެ ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވާ ގްރޭޑް އެކެއްގެ ދަރިވަރުންނަށް ހިލޭ ރީޔޫސެބަލް ފެންފުޅި ބެހުމަށް ނިންމާފައިވާ ކަމަށެވެ. މި ފެންފުޅިތަކަކީ ހަށިގަނޑަށް ގެއްލުންހުރި މާއްދާއެއް ކަމަށްވާ ބިސްފެނޯލް (ބީޕީއޭ) ބޭނުންނުކޮށް އުފައްދާފައިވާ ފެންފުޅިތަކެކެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނީ ރީޔޫސެބަލް ފެންފުޅި ބެހުމުގެ މަޤްސަދަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމާއި، ޕްލާސްޓިކް ޕޮލިއުޝަން މަދުރުކުން ކަމުގައެވެ.

އެ މިނިސްޓްރީ އިން މިފަދަ ޙަރަކާތެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، ދާދިފަހުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ވަނީ ހުއްޓާލާފައެވެ.