އިމްތިއާޒް އަލީގެ "ހައިވޭ" ގެ ޝޫޓިންގެ ފަހުގެ މަސައްކަތްތައް ނިންމާލަން ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމް ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި ޔެއާ" އިން ވަރަށް ގްލެމަރެސް ރޯލަކުން ފެނިގެން ދިޔަ އާލިއާ ބަޓް އޭނާގެ ދެވަނަ ފިލްމުގައި ފެނިގެން ދާނީ ޑި-ގްލަމް ރޯލަކުންނެވެ. މި ފިލްމްގެ ބަތަލަަކީ އާލިއާގެ ބައްޕަ މަހޭޝް ބަޓްގެ ކޭމްޕްގެ ފެވަރިޓް ރަންދީޕް ހޫޑާ އެވެ.
"ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ ކާމިޔާބް ފިލްމްތައް ޑައިރެކްޓްކޮށްފައިވާ އިމްތިއާޒްގެ "ހައިވޭ" ގައި ކިޔައި ދޭނީ ދެ މީހެއްގެ "ދަތުރުނާމާ" އެވެ. އެގޮތުން މި ފިލްމް ޝޫޓްކޮށްފައި ވަނީ އިންޑިއާގެ ހަ ސްޓޭޓެއްގަ އެވެ. އޭގެ ތެރޭގައި ކަޝްމީރުގެ ހިތްގައިމު ވާދީތައް ވެސް ހިމެެނެ އެވެ.
ފިލްމްގެ ޝޫޓިން އާ ބެހޭ ގޮތުން އާލިއާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މިހާރު ކުރިއަށް ދަނީ "ހައިވޭ" ފަ ހު ޝެޑިއުލްގެ މަސައްކަތް ކަމަށެވެ. އަދި ފިލްމްގެ ޝޫޓިން ނިމުކަކަށް އަންނަކަން ގަބޫލް ނުކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އެހެން ނަމަވެސް ބިޒީ ދުވަސްތަކަކަށް ފަހު ދެން އޮތީ "ޔޯގާ" ހެދުން ކަމަށް އުމުރުން 20 އަހަރުގެ އާލިއާ ބުންޏެވެ.
"ރޮކްސްޓާ" އެކޭ އެއްގޮތަށް "ހައިވޭ" އަށް މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އޭއާރް ރަހްމާނެވެ.