ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓު ހޯދުމަށް ބޭއްވޭ ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށައަޅަން ބޭނުންވާ ފަރާތްތަކަށް މިފަހްތާގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އެމްޑީޕީން ދީފިއެވެ.
މުޅި ރާއްޖެއިން 86 ދާއިރާއަކަށް 280 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު ކޮމްޕްލެއިންޓްސް ޑިޕާޓްމެންޓަށް ޝަކުވާތައް ލިބެމުން އަންނަ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ޚާއްސަކޮށް ޕްރައިމަރީއާ ގުޅިގެން ގިނަ ބަޔަކު އެއް ފަހަރާ ޕާޓީއާ ގުޅެމުން އަންނާތީ އެކަމާ ގުޅޭގޮތުން ޝަކުވާ ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން ތިމަރަފުށި ދާއިރާއަށް ވާދަކުރާ މުހައްމަދު މުސްތަފާއަށް ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް ވެސް ވަނީ ހުށައަޅާފައެވެ. އެމްޑީޕީން ބުނެފައިވަނީ އެކަމާ މެދު ގޮތެއް އަދި ނުނިންމާ ކަމަށާއި މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.
ޖެނުއަރީ 18 ވަނަ ދުވަހު ބާއްވާ ޕްރައިމަރީތަކުގައި 77 ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދާނެއެވެ. ޕްރައިމަރީ ނުބާއްވަނީ އެންމެ 9 ދާއިރާއެއްގައެވެ.