ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އަންހެނުންގެ ގޮފީގެ ރައީސް ވަލީދާ ވަލީދު އާއި އެ ޕާޓީގެ ކައުންސިލް މެމްބަރ އަލީ ޝާމިން ޑެޕިއުޓީ މިނިސްޓަރ ކަމަށް އައްޔަންކުރައްވައިފި އެވެ.
ވަލީދާ އައްޔަން ކުރެއްވީ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ކަމަށްވާއިރު، ޝާމިން އައްޔަން ކުރެއްވީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. އެހެންނަމަވެސް އެ ދެ ބޭފުޅުން މަޤާމްތަކަށް އައްޔަން ކުރެއްވިކަން ރައީސް އޮފީހުން އަދި އިއުލާންކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި މި ދެ ބޭފުޅުންވެސް ޑެޕިއުޓީ މިނިސްޓަރ ކަމަށް އައްޔަންކުރައްވާފައި ވަނީ މިއަދު އެވެ.
ވަލީދާ އާއި ޝާމިންއާ އެކު، މި ސަރުކާރުގައި މިހާރު ޖުމްލަ 43 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާނެ އެވެ.