Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އާ ޕާޓީއެއް އުފައްދަން އަދުރޭ ހުށައަޅައިފި

އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

އަދުރޭ ހުށައަޅާފައިވަނީ "ޕީޕަލްސް ނޭޝަނަލް ކޮންގްރެސް" ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށެވެ. ކުރީގެ ރައީސް ޔާމީން އަތުން ޕީޕީއެމް ނެގުމަށް ކޯޓަށް މައްސަލަ ހުށައަޅާފައިވާތީ އެމަނިކުފާނު ވަނީ އާ ޕާޓީއެއް އުފައްދަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީންގެ ފަރާތުން އާ ޕާޓީއެއް އުފައްދަން ހުށައަޅާފައިވާއިރު ޕީޕީއެމްގެ ނަމުގައި ބޮޑެތި ދަރަނިތަކެއް ތިބުމުން، މޯލްޑިވިއަން އިން ވަނީ އެ ފައިސާ ހޯދުމަށް ޕީޕީއެމް ގޮވައިގެން ކޯޓަށް ދިއުމަށް ނިންމާފައެވެ.