Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އުރީދޫ ސުޕަނެޓް ގދ. ތިނަދޫއަށް ފޯރުކޮށްދީފި

ފޮޓޯ: އުރީދޫ

އުރީދޫ އިން ގދ. ތިނަދޫއަށް ބްރޯޑްބޭންޑު ސުޕަނެޓްގެ ޚިދުމަތް ތައާރަކޮށްފިއެވެ. ދެ އެމްބީޕީއެސް އިން ފެށިގެން 100އެމްބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑްގެ އިންޓަނެޓް ތިނަދޫއަށް ވެސް މިހާރު ލިބޭނެއެވެ.

އުރީދޫން ސުޕަނެޓް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ކުރާ މަސައްކަތުގައި ގދ. ތިނަދޫ ރައްޔިތުންނަށް މިއަހަރުގެ ނިޔަލަށް ޚިދުމަތް ހޯދަން އެދޭ ފަރާތްތަކަށް ކަނެކްޝަން ފީ އެއް ނުނަގާ ގޮތަށް އުރީދޫން ވަނީ ނިންމާފައެވެ.

އަދި 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖަކާއެކު ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އުރީދޫ އިން ބުނެފައިވެއެވެ.

އުރީދޫން ބުނެފައިވަނީ މިޚިދުމަތް ތިނަދޫއަށް ތައާރަފްކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.