Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ޝުމްބާ މިނިވަންކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސަޕޯޓަރެއް ކަމަށްވާ އަހުމަދު އަޝްރަފް(ޝުމްބާ) ގޭބަންދުން މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ސްރީ ލަންކާގައި ދިރިއުޅެމުން ދަނިކޮށް 2015 ވަނަ އަހަރު އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައީ ކުރީގެ ރައީސް ޔާމީންގެ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލަައާ ގުޅިގެން އޭނާއާ ދެކޮޅަށް ދައުވާއެއް ކޮށްފައެއް ނުވެއެވެ.

ޝުމްބާއާ ދެކޮޅަށް ދައުލަތުން ކޮށްފައިވަނީ ބިރު ދެއްކުމުގެ ދައުވާއެކެވެ. އެ މައްސަލާގައި ކޯޓުން ހުކުމެއް ކޮށްފައިނުވި ނަމަވެސް މިއަދުގެ އަޑުއެހުމުގައި ޝުމްބާގެ ވަކީލު ވަނީ އޭނާ ގޭބަންދުން ދޫކޮށްލުމަށް އެދިފައެވެ. ދައުލަތުން އެކަމަށް ދެކޮޅު ނުހެދުމުން ގާޒީ ވަނީ ވަކީލްގެ އެދުމުގެ މަތިން މިނިވަން ކޮށްފައެވެ.