Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

އަލްފެއިންއާއި ޓަފް ސިކްސް ބައްދަލްކުރި މެޗް ޓަފް ސިކްސް ކާމިޔާބު ކޮށްފި

"ޖޯލިއަންސް މިކްސް ވޮލީބޯލް ޓޯނަމަންޓް"ގެ ތިންވަނަ މެޗްގައި ޓީމް އަލްފެއިންއާއި ބައްދަލްކޮށް 1-3 ސެޓުން ޓީމް ޓަފް ސިކްސް މެޗް ކާމިޔާބު ކޮށްފިއެވެ.

އައްޑޫ ސިޓީ ފެދޫ ޒުވާނުން އިންތިޒާމު ކޮށްގެން ފޭދޫ ވޮލީ ކޯޓުގައި ބާއްވަމުން ގެންދާ މިވޮލީ މުބާރާތުގެ ތިންވަނަ މެޗް ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ކުރެނގި ހެލިކޮޕްޓާ ކޮމާންޑެންޓްގެ ޕައިލެޓު ވިކާސް ތްރިޕާޓީ އަދި ވިމެންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ވިމެންސް ޑިވެލޮޕްމަންޓް އޮފް ސްޕޯޓްސްގެ ކައުންސިލް މެމްބަރު ޝަފްގާ ޝަފީގުއެވެ.

މިމެޗްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް އަލްފެއިންގެ ޖާޒީ ނަމްބަރު 5 މަލްދާ މަސްއޫދުއެވެ. އަދި މެޗްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް ޓަފް ސިކްސްގެ ޖަޒީ ނަމްބަރު 7 ހަސަން ނަސީރުއެވެ.