ބޮލީވުޑްގެ މަޝްހޫރު ތަރި އަނީލް ކަޕޫރްގެ 62 ވަނަ އުފަންދުވަހާއި ގުޅުވައިގެން އޭނާގެ ކުރިއަށް އޮތް ފިލްމް "އޭކް ލަޅްކީ ކޯ ދޭކާ ތޯ އޭސާ ލަގާ"ގެ ފުރަތަމަ ޕޯސްޓަރ އޭނާ ދައްކާލައިފި އެވެ.
މިއަދު ރިލީޒްކުރި މި ފިލްމްގެ ފުރަތަމަ ޕޯސްޓަރުން ފެނިގެންދަނީ އަނިލް އާއި އޭނާގެ ދަރިފުޅު އަދި ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރް އެވެ. މި ޕޯސްޓަރ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަނިލް ބުނީ އޭނާގެ އުފަންދުވަހުގައި އޭނާގެ ދަރިފުޅާއެކު މި ފިލްމްގެ ޕްރޮމޯޝަން ފެށުމަކީ އޭނާ އަށް ލިބޭ ޝަރަފެއް ކަމަށެވެ. މި ފިލްމްގެ ޓްރެއިލާ މި މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށްވެސް އަނިލް ބުނެއެވެ.
Excited to present the first look of #EkLadkiKoDekhaToAisaLaga. Honoured to begin this journey on my birthday along with my lovely daughter @sonamakapoor. Trailer releases 27th Dec #LetLoveBe @RajkummarRao @iam_juhi @FoxStarHindi @VVCFilms @saregamaglobal pic.twitter.com/kOneHvsKT8
— Anil Kapoor (@AnilKapoor) December 24, 2018
އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ޝެލީ ޗޯޕްރާ ދަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ބައްޕައަކާއި އޭނާގެ އަންހެން ދަރިފުޅާއިމެދު އޮންނަ ގުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމްގެ މުހިންމު ރޯލްތަކުން ޖޫހީ ޗާވްލާ އާއި ރާޖްކުމާރް ރާއޯ ވެސް ފެނިގެންދާނެ އެވެ.