Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ރާއްޖޭގެ ވެރިކަމަށް އެމްޓީޑީ އަންނާނެ: ޔާމިން

ދިވެހި ރާއްޖޭގެ ވެރިކަމަށް ކުރިއަށް އޮތް ތަނުގައި މިރޭ އަލަށް އުފެދުނު މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އަންނާނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު ޔާމިން ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްޓީޑީ އިފްތިތާހުކުރާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

ޔާމީން އިންތިޚާބުން ބަލިވެ ވެރިކަމުގެ އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް އެމަނިކުފާނަށް ތާއީދުކޮށް، އެމަނިކުފާނު ދިފާއުކުރި މެމްބަރު ޔާމީން ޕީޕީއެމުން ވަކިވީ ޕާޓީގެ ޓިކެޓު ވެސް ދިނުމަށް ފަހުގައެވެ.

ކުއްލި ގޮތަކަށް ޓިކެޓު ދޫކުރައްވައި ޕާޓީން ވަކިވުމަށް ފަހު ދެން އޭނާ ފެނިގެން ގޮސްފައިވަނީ ކުރީގެ ނައިބު ރައީސް ހަރަކާތްތެރިވާ އެމްޓީޑީއަށް ސޮއިކުރިތަނެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން މެމްބަރު ޔާމީން އަދީބު ހައްޔަރުކުރުމުން އަދީބުގެ ދިފާއުގައި ވާހަކަ ނުދެއްކުނީތީ މައާފަށް އެދިފައެވެ.