Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

"ޖޯލިއަންސް މިކްސް ވޮލީބޯލް ޓޯނަމަންޓް"ގެ ހަތަރުވަނަ މެޗް ޓީމް ލިޓަސް ކާމިޔާބުކޮށްފި

ޓީމް ލިޓަސް

އައްޑޫ ސިޓީ ފޭދޫ ވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ "ޖޯލިއަންސް މިކްސް ވޮލީބޯލް ޓޯނަމަންޓް"ގެ ހަތަރުވަނަ މެޗްގައި ޓީމް ލިޓަސްއާއި ޓީމް އެވަގްރީން ބައްދަލްކުރި މެޗް 2-3 ސެޓުން ޓީމް ލިޓަސް ކާމިޔާބު ކޮށްފިއެވެ.

މިމެޗް ޝަރަފުވެރިކޮށްދެއްވީ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ކުރީގެ މަޝްހޫރު ފުޓުބޯޅަ ޓީމެއް ކަމުގައިވާ ޑީ.އެން.ސީ ޓީމްގެ ކެޕްޓަން އަބްދުﷲ މުފީދުއެވެ. އަދި މީގެއިތުރުން ކުރީގެ މަޝްހޫރު ވޮލީ ޓީމެއްކަމުގައިވާ ސީ.އެމް.ސީ އަދި ރެހެންދި ޓީމްގެ މެނޭޖަރު ޚަދީޖާ ނައީމާ އިބްރާހީމްއެވެ.

މިމުބާރާތުގެ މެޗްތައް ބެލުމަށްޓަކައި ކޮންމެރެއަކުވެސް ގިނައަދަދެއްގެ ސަޕޯޓަރުން ވޮލީ ކޯޓު ސަރަހައްދަށް ޖަމާވަމުންދެއެވެ.

މިފޯރިގަދަ މެޗްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އެވަގްރީންގެ މުހައްމަދު ޖައުޝަން ޖަމްޝީދެވެ. އަދި މެޗްގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ލިޓަސްގެ ފާތިމަތު ނުސްރާއެވެ.