Last Updated: June 10, 14:00
Wednesday, June 10, 2026
މުނިފޫހިފިލުވުން

މެޑޯނާ އާއި ބިޔޯންސޭގެ ޗެރިޓީ ކޮންސަޓްގައި އޭޝް

މަޝްހޫރު ދެ ލަވަ ކިޔުންތެރިން ކަމަށްވާ މެޑޯނާ އާއި ބިޔޯންސޭ ޖޫން މަހު ބާއްވާ ޗެރިޓީ ކޮންސަޓަށް ބޮލީވުޑްގެ ބަތަލާ އައިޝްވާރިއާ ރާއީ ބައްޗަން (އޭޝް) އަށް ދައުވަތު ދީފަ އެވެ.

ޖަރުމަންގައި މިހާރު ކުރިއަށްދާ ކާން ފިލްމް ފެސްޓިވަލްގައި ވެސް ބައިވެރިވަމުން އަންނަ އޭޝް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އެގޮތުން އަންނަ މަހުގެ އެއްް ވަނަ ދުވަހު ލަންޑަނުގައި ބާއްވާ "ޝައިމް ފޮ ޗޭންޖް" ޗެރިޓީ ކޮންސަޓްގައި އޭޝް އާ އެކު އޭނާގެ ފިރިމީހާ އަދި އެކްޓަރު އަބީޝެކް ބައްޗަން އާއި ދަރިފުޅު އާރަދިއާ ބައްޗަން ވެސް ބައިވެރި ވާނެ އެވެ.

އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް އަންހެނުން ބާރުވެރި ކުރުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ބާއްވާ ޗެރިޓީ ކޮންސަޓްގައި އޭޝް އާ އެކު އިންޑިއާ އުފަން ހޮލީވުޑްގެ ބަތަލާ ފްރެއިޑާ ޕިންޓޯ އާއި ބަތަލާ ޖެސިނާ ޗެސްޓެއިންގެ އިތުރުން އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީޒު ގޯޑްން ބްރައުން އާއި އޭނާގެ އަންހެނުން ސާރާ ބްރައުން ވެސް ބައިވެރިވާނެ އެވެ

މަޝްހޫރު ފެޝަން ބްރޭންޑް ގްޗީން ސްޕޮންސަކޮށްގެން ބާއްވާ ޗެރިޓީ ކޮންސަޓް ހޯސްޓް ކުރާނީ ޖެސިކާ ޗެސްޓެއިން އެވެ. އެހެން ނަމަވެސް މި ކޮންސަޓްގައި މެޑޯނާ ޕާފޯމް ކުރާ ގޮތަށް ހަމަޖެހިފައެއް ނުވެ އެވެ.