Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

މަސްތުވާތަކެއްޗާއި ބަނގުރާ ހުއްޓުވަން ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް

ކުރިއަށް އޮތް އާއަހަރާ ދިމާކޮށް މަސްތުވާތަކެއްޗާއި ބަނގުރަލުގެ ބާވަތްތައް ވިއްކައި ބޭނުންކުރުން ހުއްޓުވަން ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ފެށުމަށް ނިންމައިފިއެވެ.

ކޮންމެ އަހަރަކުވެސް މިދުވަސްވަރާ ދިމާކޮށް މާލެއިން މަސްތުވާތަކެތީގެ ބާވަތްތައް، ޚާއްސަކޮށް ޕާޓީ ޑްރަގްސް އަދި ބަނގުރާ ކައިރި ރަށްތަކަށް އެތެރެކުރާ ކަމަށް އަޑުފެތުރެއެވެ.

ފުލުހުން ބުނެފައިވަނީ މާލެ އަމާންކުރުމުގެ މިއޮޕަރޭޝަނުގެ ދަށުން ފާރަގެމަ ބޭނުންކޮށް މަސްތުވާތަކެތި އަތުލައިގަތުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އަދި މާލެ ކައިރީގެ ރަށްތަކުގައި ވެސް މިއޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.