ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ޔުނައިޓެޑު އަރަބް އެމިރޭޓްސްއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ
މިނިސްޓަރު ޔޫއޭއީއަށް ވަޑައިގެންފައިވަނީ ނ. މާފަރުގައި ހަދަމުންދާ އެއާޕޯޓުގެ އިންވެސްޓަރުންނާ ބައްދަލުކުރެއްވުމަށެވެ.
މިބައްދަލުވުމަށް މިނިސްޓަރ ފުރާވަޑައިގަންނަވާނީ މާދަމާގައި ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިބައްދަލުވުމުގައި މާފަރު އެއާޕޯޓު މަޝްރޫއަށް ދިމާވެފައިވާ މައްސަލަތަކާ ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.