Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ދުވާފަރު ކައުންސިލާއި ރައީސް ބައްދަލުކުރައްވައިފި

މާޅޮސްމަޑުލަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދުވާފަރަށް ވަޑައިގެން، އެރަށު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް ވަނީ ކައުންސިލާއެކު ބޭއްވި މިބައްދަލުވުމުގައި ދުވާފަރުގައި ހިނގަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވާފައެވެ. އަދި ރަށު ތަރައްގީއާ ގުޅޭގޮތުން ކައުންސިލަރުންނާ މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމުގައި ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ އަދި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްގެ މިދަތުރުފުޅުގައި ގައުމީ އެއްބައިވަންކަމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އުނގޫފާރާއި ނ. ހެނބަދޫއަށް ވެސް އެނބުރި ވަޑައިގަތުމުގެ ކުރިން ޒިޔާރަތްކުރައްވާނެއެވެ.