ބޮޑުމަސް ހިމާޔަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އިންޓަނޭޝަނަލް ވޭލިންގ ކޮޮމިޝަނުން ޖަޕާން ވަކިވެ، އަނެއްކާވެސް ބޮޑުމަސް ގަނެ ވިއްކުން ހުއްދަ ކުރަން ޖަޕާނުން ނިންމައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖަޕާނުގެ މިނިންމުމަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ޖަޕާނުން ބުނެފައިވަނީ އަހަރު ނިމޭއިރު އައިޑަބްލިއުސީއަށް އެކަން ރަސްމީކޮށް އަންގާނެ ކަމަށެވެ. އެހެންކަމުން ޖުލައި 2019 އިން ފެށިގެން ޖަޕާނު މާކެޓުގައި ބޮޑުމަސް ގަނެ ވިއްކުމަށް ގާނޫނީ ހުރަހެއް ނޯންނާނެއެވެ.
ޖަޕާނުން މި ނިންމުން ނިންމުމުގެ ފަހަތުގައި އޮތް ސަބަބެއް ސަރުކާރުން ހާމަކޮށްފައިނުވި ނަމަވެސް އައިޑަބްލިއުސީގަިއ ދެން ހިމެނޭ ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އަދި ތިމާވެއްޓާއި ކަނޑުތަކާއި މަސްމަހާމެހި ހިމާޔަތް ކުރާ ޖަމިއްޔާތަކުން ވަނީ ޖަޕާނުން އެ ނިންމުން އަނބުރާ ނެގުމަށް ގޮވާލަމުންނެވެ.