Last Updated: April 27, 08:49
Saturday, April 27, 2024
ޚަބަރު

ޓީމް ޗެލެންޖާސްއާއި ޓީމް ގަރާޖް ބައްދަލު ކުރި މެޗް ޗެލެންޖާސް ކާމިޔާބުކޮށްފި

ޓީމް ޗެލެންޖާސް

"ޖޯލިއަންސް މިކްސް ވޮލީބޯލް ޓޯނަމަންޓް"ގެ ފަސްވަނަ މެޗްގައި ޓީމް ޗެލެންޖާސްއާއި ޓީމް ގަރާޖް ބައްދަލު ކުރި މެޗް 1-3 ސެޓުން ޓީމް ޗެލެންޖާސް ކާމިޔާބު ކޮށްފިއެވެ.

އައްޑޫ ސިޓީ ފޭދޫ ޒުވާނުން އިންތިޒާމު ކޮށްގެން ފޭދޫ ވޮލީ ކޯޓުގައި ބާއްވަމުންގެންދާ، މިމުބާރާތުގެ މެޗްތަކަކީ ވަރަށް ފޯރިގަދަ މެޗްތަކެކެވެ. ގިނައަދަދެއްގެ ސަޕޯޓަރުން މިމުބާރާތުގެ މެޗްތައް ބެލުމަށް ވޮލީކޯޓަށް ޖަމާވެއެވެ.

މިމެޗް ޝަރަފުވެރިކޮށްދެއްވީ ހިޒް ކްލަބްގެ ފައުންޑާ މެމްބަރ އަދި ގައުމީ ވޮލީބޯޅަ ތަށި ތިންފަހަރު އައްޑޫއަށް ގެނެސްދިން ފަރާތެއްކަމުގައިވާ މަޝްހޫރު ހުސައިން ރިޔާޒް (ސުޒުކީ) އަދި އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ނައިބު ރައިސާ އައިމިނަތު ޝިހާބުއެވެ.

މިމެޗްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ޗެލެންޖާސްގެ ޖާޒީ ނަމްބަރު 5 މަނޯޖް ޗެލެޕަންއެވެ. އަދި އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ޗެލެންޖާސްގެ ޖާޒީ ނަމްބަރު 7 ފާތިމަތު ރިޒްނާއެވެ.