މިއަދު ރާއްޖޭގައި ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ، ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވައިފި އެވެ.
މިނިސްޓަރ ނަހުލާ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Qaumee Ehbaivanthakamuge Dhuvas, handhaan kohdhenee dhivehinge emme bodu rausul maal kamugaivaa -Rayyithunge Badhahi Gulhun.
Dhuvahuge heyoedhun lobuvethi rayyithunnah, adhi Tsunami gai furaana gellunu emmenah Firdaus dhevvun edhi dua kuran.
— Aishath Nahula (@aishath_nahula) December 26, 2018
އެ ޓްވީޓްގައި ނަހުލާ ވިދާޅުވެފައި ވަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ހަނދާންކޮށްދެނީ ދިވެހިންގެ އެންމެ ބޮޑު ރައޫސުލްމާލު ކަމުގައިވާ ރައްޔިތުންގެ ބަދަހި ގުޅުން ކަމަށެވެ. އަދި މިދުވަހުގެ ހެޔޮއެދުން ދިވެހި އެންމެހާ ރައްޔިތުންނަށް ނަހުލާ ވަނީ ފޮނުއްވާފައެވެ.
"އަދި ސުނާމީގައި ފުރާނަ ގެއްލުނު އެންމެންނަށް ފިރްދައުސް ދެއްވުން އެދި ދުޢާ ކުރަން"، އެ ޓްވީޓްގައި މިނިސްޓަރ ވިދާޅުވެފައި ވެއެވެ.