Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ކުރި ޖޫރިމަނާ ސައްހަ: ހުކުމް

ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓަށް އެ ސްޓޭޝަނުން ހުށައެޅުމުން، މައްސަލަ ބެލުމަށް ފަހު ބްރޯޑްކޮމް އިން ކުރި ޖޫރިމަނާ ސައްހަ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަތަކެއް ބްރޯޑްކާސްޓު ކޮށްފައިވަނީ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ބްރޯޑްކޮމް އިން ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރިއެވެ.

އެ ފައިސާ ދެއްކުމަށް ފަހު ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމުން ކޯޓުން މައްސަލަ ބެލުމަށް ފަހު ހުކުމް ކުރީ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނާ ޚިލާފަށް ބްރޯޑްކޮމް އިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރިކަން ކޯޓަށް ސާބިތުކޮށްނުދެވުނު ކަމަށެވެ.

ބްރޯޑްކޮމް އިން ވަނީ އޭގެ ފަހުން ވެސް ރާއްޖެ ޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައެވެ. ރާއްޖެ ޓީވީން ވަނީ އެ މައްސަލަތައް ވެސް ކޯޓަށް ވައްދާފައެވެ.