Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

"ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު" ހުޅުވައިފި

ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު - ފޮޓޯ: ބީމް ލޭންޑް ޓްރެވެލް

ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗުރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން ހިމާކޮށްފައިވާ ބ. އަތޮޅުގެ ބަޔޮސްފިއަރ ރިޒާވް ކައިރީގައި ތަރައްޤީކޮށްފައިވާ "ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު" ހުޅުވައިފި އެވެ.

މި ރިސޯޓުގައި 41 އެއްގަމު ވިލާ އާއި 29 ވޯޓާ ވިލާ އާއެކު ޖުމްލަ 70 ވިލާ ހިމެނެއެވެ. މި ރިސޯޓްގެ ވިލާތައް ޑިޒައިންކޮށްފައި ވަނީ މިލާން ސްޓޫޑިއޯ ޕައިއާ އެސޯސިއާތީގެ އާކިޓެކްޓުންނެވެ. އިންޑޯ ޕޫލްތަކާއި އައުޓްޑޯ ޕޫލްތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ރިސޯޓްގެ ގިނަ ވިލާތަކުން ރާއްޖޭގެ ކަނޑުގެ ޤުދުރަތީ ރީތި މަންޒަރުތައް ފެންނާނެ އެވެ. މި ރިސޯޓްގައި ސްޕާ އަކާއި ޖިމެއްގެ އިތުރުން ތިން ރެސްޓޯރެންޓް ވެސް ހުންނާނެ އެވެ.

އެގޮތުން "ދަ ޕާލް" އަކީ ޖަޕަނީޒް ކުޒީން އަށް ޚާއްސަކޮށްފައިވާ ރެސްޓޯރެންޓަކަށްވާއިރު، 24 ގަޑިއިރު ހުޅުވާފައި ހުންނަ "އައިލެންޑް ކިޗަން" އިން ސިއްޙަތަށް ފައިދާހުރި ކާނާ ލިބޭނެ އެވެ. އަދި "ހޯކަރ ރެސްޓޯރެންޓް އެންޑް ބާ" އަކީ އޭޝިއާގެ ސްޓްރީޓް ފުޑް އަށް ޚާއްސަ ރެސްޓޯރެންޓެކެވެ.

މި ރިސޯޓްގައި ވޮލީ އާއި ޓެނިސްގެ އިތުރުން ބާސްކެޓް ކޯޓްތައްވެސް ހަދާފައިވާއިރު، ފަތުރުވެރިންނަށް ޑައިވިން، ސްނޯކްލިންގް، ޕެރެސެއިލިން ފަދަ ޙަރަކާތްތައް ވެސް ތަޖުރިބާކޮށްލެވޭނެ އެވެ.