Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ރައީސް ނަޝީދު މާލޭ ސިޓީ ކައުންސިލް އާއި ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު، މާލޭ ސިޓީ ކައުންސިލް އާއި މިއަދު ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (މާލޭ ސިޓީ ކައުންސިލް)

ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ޒިޔާރަތްކުރައްވައިފި އެވެ.

އެމަނިކުފާނު މިއަދު ސިޓީ ކައުންސިލް އިދާރާއަށް ކުރެއްވި ޒިޔާރަތުގައި ވަނީ މާލޭ ސިިޓީ ކައުންސިލަރުންނާއި ވެސް ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފަ އެވެ. އެގޮތުން އެ ބައްދަލުވުމުގައި މާލެއަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމަށް ކައުންސިލަށް ކުރެވިދާނެ ބައެއް ކަންކަމާއި ގުޅޭގޮތުން އެމަނިކުފާނު ވަނީ ޚިޔާލު ހުށަހަޅުއްވާފަ އެވެ.

ރައީސް ނަޝީދު މިއަދު މާލޭ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވިއިރު، ކައުންސިލްތައް ބާރުވެރިކުރުމުގައި ސަރުކާރުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ޙަފްތާގެ ތެރޭގައި ވިދާޅުވެފަ އެވެ.

އެގޮތުން ރައީސް ސޯލިހު، މާލޭ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި، މާލެތެރެ ސާފުތާހިރުކޮށް ދެމެހެއްޓުމަށާއި، މާލެއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަރަށް ގިނަ ކަންކަން ރާވާފައިވާ ކަމުގައި ވިދާޅުވެ، އެކަންކަން ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އެއްބާރުލެއްވުން ބޭނުންވާނެކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ.