ލީޑް ރޯލްތަކުން ރާޖްކުމާރް ރާއޯ، ބޮމަން އިރާނީ އަދި މޯނީ ރޯއި ފެނިގެންދާ ފިލްމް "މޭޑް އިން ޗައިނާ" ރިލީޒްކުރާ ތާރީޚް ފަސްކޮށްފި އެވެ.
ކުރިން މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ 15 އޮގަސްޓް 2019 ގައި ނަމަވެސް، މިހާރު މި ފިލްމް ބެލުންތެރިންނާއި ހަމައަށް އަންނާނީ 30 އޮގަސްޓް 2019 ގައެވެ. ރާޖްކުމާރް ރާއޯގެ ކާމިޔާބު ފިލްމް "ސްޓްރީ" ވެސް ރިލީޒްކުރީ މި އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.
މިކިލް މުސޭލް ޑައިރެކްޓްކޮށްފައިވާ މި ފިލްމް ޕްރޮޑިއުސްކުރަނީ ދިނޭޝް ވިޖަން އެވެ. މި ފިލްމް 15 އޮގަސްޓްގައި ރިލީޒްކުރާނަމަ، ޕްރަބާސްގެ "ސާހޯ" އާއި އަކްޝޭ ކުމާރްގެ "މިޝަން މަންގަލް" އަދި ޖޯން އަބްރަހަމްގެ "ބަޓްލާ ހައުސް" އާއި ބޮކްސް އޮފީހުގައި ވާދަކުރާނެ އެވެ. އެހެންކަމުން ފިލްމް ރިލީޒްކުރާ ތާރީޚް ފަސްކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.