ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސްފަރުވާތައް ފަސޭހަކަމާއެކު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ ގޮތް ހަމަޖައްސަވާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި، ލެއާ ބެހޭ ޤައުމީ ވައުދު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އަމީން ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ހުރިހާ ބޭސްތަކެއްވެސް މިހާރު ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) ގެ ހުރިހާ ބޭސް ފިހާރަތަކުން ލިބިގެންދާނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަ ށެވެ. އަދި ހުރިހާ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ލޭ ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރެވިފައި ނުވާކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ ލޭ ރައްކާ ކުރުމުގެ ނިޒާމް ޤާއިމް ނުކުރެވޭ ރަށް ރަށުގައި މޯލްޑިވްސް ބްލަޑް ސަރވިސް އާއި ގުޅިިގެން އެކަން ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އަލަށް ރާއްޖެ އަންނަށް ޑޮކްޓަރުންނަށް އަމާޒު ކޮށްގެން ރާއްޖޭޭގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ކުރާގޮތުގެ މައުލޫމާތު ދޭނެ ކަމަށްވެސް އަމީން ވިދާޅުވި އެވެ.