Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

މެޖޯރިޓީ އެމްޑީޕީއަށް ލިބުން މުހިއްމު: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އެމްޑީޕީ

ހުރިހާ މުއައްސަސާތަކާއި ޝަރުއީ ދާއިރާ ޒިންމާދާރުކުރުވަން އޮތް ތަނަކީ ރައްޔިތުން އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލިސް ކަމަށާއި ކަންކަން ރަނގަޅު ކުރުމަށް އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބުން މުހިއްމު ކަމަށް ނަޝީދު ތަކުރާރު ކުރައްވައިފިއެވެ.

ރޭ އެމްޑީޕީގެ ޕްރައިމަރީގައި މައްޗަނގޮޅި އުތުރަށް ވާދަކުރާ މުހައްމަދު ރަޝީދުގެ ކެމްޕޭން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ނަޝީދު ވަނީ އެމްޑީޕީއަށް މެޖޯރިޓީ މުހިންމު ކަމަށް އަނެއްކާވެސް ވިދާޅުވެފައެވެ.

މަޖިލިސް އިންތިޚާބުގައި ކޯލިޝަނުން އެއްކޮށް ނިކުތުމަށް ކުރިން ނިންމި ނަމަވެސް އެމްޑީޕީން ވަނީ އެންމެ ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައެވެ. އަދި ޖޭޕީން ވެސް ވަނީ އެމަގާ ދިމާލަށް މިސްރާބު ޖަހަމުންނެވެ.

ނަމަވެސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން އަދި ގޮތެއް ނިންމާފައިނުވާއިރު އަދާލަތުން 15 ގޮނޑިއަށް ވާދަކުރަން ވަނީ ނިންމާފައެވެ. އަދި އެމްޑީއޭ ވެސް ވަނީ 87 ދާއިރާއަށް ކެންޑިޑޭޓުން ނެރޭނެ ކަމަށް އިއުލާންކޮށްފައެވެ.