ރައީސުލް ޖުމުހޫރިއްޔާ އުފައްދަވާފައިވާ ގެއްލުވާފައި އަދި މަރާލާފައިވާ މިހުންގެ މައްސަލަ ބަލާ ކޮމިޓީތަކުން ބަލަމުން އަންނަ މައްސަލަތަކުގެ ތަފްސީލު ފެށޭ ހަފްތާގެ އާދީއްތަ ދުވަހު ހާމަކުރާނެ ކަމަށް ކޮމިޓީގެ މެމްބަރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމިޝަނަށް ގިނަ މައްސަލަތަކެއް ހުށައެޅިފައިވާ ކަމަށެވެ. އަދި މިއަދަކީ މައްސަލަތައް ކޮމިޝަނަށް ހުށައެޅުމުގެ އެންމެ ފަހު ދުވަސް ކަމަށް ސުއޫދު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި މިކޮމިޝަނުން ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި މައްސަލަ އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ މައްސަލައިގެ އިތުރުން ގޭންގު މާރާމާރީއެއްގައި މަރާލާފައިވާ އަނަސްގެ މައްސަލަ ބަލާނެއެވެ.
ސުއޫދު ވިދާޅުވީ ކޮމިޝަނުގެ އަމާޒަކީ ދެ އަހަރު ދުވަސް ތެރޭ މައްސަލަތަކުގެ އެންމެ ފުން މިނަށް ބަލައި ނަތީޖާ ނެރުމެވެ.