Last Updated: June 8, 14:27
Monday, June 8, 2026
ދުނިޔެ

އިރާގުގައި ތިބި ސިފައިންނާ ޓްރަމްޕް ބައްދަލުކުރައްވައިފި

AFP

އިރާގުގައި ތިބި އެމެރިކާ ސިފައިންނާއި ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވައިފިއެވެ.

އަނބިކަނބަލުން މެލަނިއާ ޓްރަމްޕްއާއެކު ކުރެއްވި މިދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ގައުމުން ބޭރުގައި ތިބި ސިފައިންނާ ޓްރަމްޕް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ޓްރަމްޕްގެ މިދަތުރުފުޅަކީ އިރާގުގައި ހަރަކާތްތެރިވާ ސިފައިން ގައުމުން ބޭރުގައި ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އަސްކަރިއްޔާގެ ވަރަށް އިސް އޮފިސަރުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް މިދަތުރުގެ ތަފްސީލެއް ނުލިބެއެވެ. ސިފައިންނަށް ރައީސް ދެއްވި "ސަޕްރައިޒް" ވެގެން ދިޔައީ އެމީހުންގެ ޗުއްޓީ ދުވަހު ލިބުނު ވަރަށް ޚާއްސަ އުފަލަކަށެވެ.

ޓްރަމްޕް ވަނީ ސީރިޔާގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެނައުމަށް ނިންމަވާފައެވެ. ނަމަވެސް އިރާގުގައި އަދިވެސް 5،000 ވަރަކަށް އެމެރިކާ ސިފައިން އެބަ ތިއްބެވެ.