Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ރައީސް ނައިފަރަށް ވަޑައިގެންފި

presidencymv

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޅ. ނައިފަރަށް ވަޑައިގެންފިއެވެ.

އިއްޔެ ރ. އަތޮޅަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅަށް ފަހު އުފަން ރަށް ހިންނަވަރަށް ވަޑައިގެން މިއަދު އެމަނިކުފާނު ވަނީ ނައިފަރަށް ވަޑައިގެންފައެވެ.

ޅ. އަތޮޅަށް ރައީސް ވަޑައިގެންނެވީ ކުޑަދޫ އައިލެންޑް ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށެވެ.

އަދި މިއަދު ނ. ހެނބަދުއަށް ވަޑައިގެން އެރަށު ނަރުދަމާގެ މަސައްކަތް ފެއްޓެވުމަށް ވެސް ނިންމަވާފައިވެއެވެ.