Last Updated: July 24, 06:25
Friday, July 24, 2026
ޚަބަރު

ފިލްމް "ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ" ގެ ޓްރެއިލާ މިއަދު ނެރެނީ

The Accidental Prime Minister Manmohan Singh firstlook poster

އިންޑިއާގެ ކުރީގެ ޕްރައިމް މިނިސްޓަރެއް ކަމަށްވާ މަންމޯހަން ސިންގްގެ މައްޗަށް އުފައްދާ ފިލްމް "ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ" ގެ ޓްރެއިލާ މިއަދު ނެރޭނެ ކަމަށް ފިލްމުގައި މަންމޯހަން ސިންގްގެ ރޯލު އަދާކުރާ އަނޫޕަމް ޚޭރް ބުނެފިއެވެ.

އަނޫޕަމް ކުރި ޓްވީޓެއްގައި ވަނީ މިއަދު ޓްރެއިލާ ނެރޭނެ ކަމަށް ބުނެފައެވެ.

މި ފިލްމުގައި އަނޫޕަމް މަންމޯހަން ސިންގްގެ ރޯލު އަދާކުރާއިރު ދެން އެ ފިލްމުގައި ފެނިގެންދާ ވިނޯދު ކަންނާގެ ދަރި އަކްޝަޔޭ ކަންނާ އަދާކުރާ ރޯލަކީ ޕޮލިޓިކަލް އެނަލިސްޓް އަދި ކޮމެންޓޭޓަރެއް ކަމަށްވާ ސަންޖަޔާ ބާރޫގެ ރޯލެވެ.

މި ފިލްމް އިންޑިއާގެ ސިނަމާތަކުގައި 2019 ވަނަ އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހު ދައްކާނެ ކަމަށް ފިލްމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.