Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

އާއަހަރު ފާހަގަކުރުމަށް މިއުޒިކް ޝޯ ނުބާއްވަން ނިންމައިފި

އާ އަހަރު ފާހަގަކުރުމަށް މާލޭގައި ކޮންމެ އަހަރަކު ބާއްވާ މިއުޒިކް ޝޯ މިއަހަރު ނުބާއްވާނެ ކަމަށް އެ ހަފުލާ އިންތިޒާމްކުރާ އެމްއެމްޕީއާރްސީ އިން ބުނެފިއެވެ.

ބައެއް މީޑިޔާތަކަށް އެމްއެމްޕީއާރްސީ އިން މައުލޫމާތު ދެމުން ބުނެފައިވަނީ މިފަހަރު ހަވާ އެރުވުމާއި މިއުޒިކް ޝޯ ބޭއްވުމެއް ނޯންނާނެ ކަމަށެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަގާމުގައި ހުންނެވިއިރު ފެއްޓެވި ޓުއަރިޒަމް އެރައިވަލް ކައުންޓްޑައުން ޝޯއަށް ބޭރުގެ ފަންނާނުން ގެނައުމަށާއި ހަވާ އެރުވުމަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވެއެވެ.

މިފަހަރު އެފަދަ ފާހަގަކުރުމެއް ނުބާއްވަން އެމްއެމްޕީއާރްސީ އިން ނިންމާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަންނަނީ ޚަރަދު ކުޑަ ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީ އިން މި ޝޯ ނުބާއްވަން ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.