Last Updated: June 19, 16:18
Friday, June 19, 2026
މުނިފޫހިފިލުވުން

މައިލީ ސައިރަސް އާއި ލިއަމް ހެމްސްވާތު ކައިވެނިކޮށްފި

މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި އޭނާގެ ލޯބިވެރިޔާ އަދި މަޝްހޫރު އެކްޓަރ ލިއަމް ހެމްސްވާތު ކައިވެނިކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ހަފްލާގެ ފޮޓޯތަކެއް މައިލީ ވަނީ އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ.

މައިލީ އާއި ލިއަމް ފުރަތަމަ ފަހަރަށް ދިމާވީ މީގެ 10 އަހަރު ކުރިން "ދަ ލާސްޓް ސޯންގް" ފިލްމްގެ ސެޓުންނެވެ. މިދިޔަ ނޮވެމްބަރު މަހު ކެލިފޯނިއާގައި ފެތުރުނު އަލިފާންގަނޑުގައި އެމީހުންގެ މެލިބޫ ގެ ވަނީ މުޅިން އެއްކޮށް އަނދާ ހުލިވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން މި ކައިވެނި އޮތީ ޓެނެސީގެ ފްރޭންކްލިންގައި ހުންނަ މައިލީގެ ގެއެއްގައެވެ. އަދި މި ހަފްލާގައި ބައިވެރިވީ އާއިލާ އާއި ގާތް ރަހުމަތްތެރިން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

2012 ވަނަ އަހަރު މައިލީ އާއި ލިއަމް ވަނީ އެންގޭޖްވުމަށްފަހު ޖެހިގެން އައި އަހަރު ރުޅިވެފައެވެ. މި ދެ ތަރިން އަނެއްކާވެސް އެކުގައި ފެންނަން ފެށީ 2015 ވަނަ އަހަރު އެވެ. އަދި އެ ފަހުން މައިލީ އާއި ލިއަމް ވަނީ އެ ދެމީހުން އަނެއްކާވެސް އެންގޭޖްވެފައިވާ ކަމަށް ބުނެފައެވެ.