Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

ކަރެކްްޝަނުން ވަކިކުރި އާސިފަށް ވަޒީފާދޭން ހުކުމްކޮށްފި

ކަރެކްޝަންސްގެ ވަޒީފާއިން ވަކިކުރި މުހައްމަދު އާސިފުއަށް ވަޒީފާ އާއި މުސާރަ އަދި އިނާޔަތް ދިނުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އާސިފް ކަރެކްޝަން ސާވިސްއިން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެެވެ. އޭރު އޭނާ ހުންނެވީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައެވެ.

އާސިފް ވަޒީފާއިން ވަކި ކުރި މައްސަލާގައި ސިވިލް ކޯޓުން ނިންމާފައިވަނީ އޭނާ މަގާމުން ވަކި ކުރީ އިޖުރާއުތައް ފުރިހަމަނުކޮށް ކަމަށެވެ. އެހެންވެ ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތް ދިނުމަށް ވަނީ ހުކުމް ކޮށްފައެވެ.

އާސިފް ވަޒީފާއިން ވަކުރީ ކޮމިޝަނާ އޮފް ޕްރިޒަންސަށް އޭނާއަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ އެވެ.