މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ލީޑިން އެއާޕޯޓު ހޮޓަލަކަށް ސ. ގަމުގައި ހިންގާ އީކުއޭޓަރ ވިލެޖު ހޮވިއްޖެއެވެ. މިއީ އީކުއޭޓަރ މި އެވޯޑު ހޯދާ ދެވަނަ ފަހަރެވެ.
2017 ވަނަ އަހަރުގެ ލީޑިން އެއާޕޯޓު ހޮޓެލަކަށްވެސް ހޮވިފައިވަނީ އީކުއޭޓަރ ވިލެޖެވެ.
މިރޭ ކުރިއަށް ގެންދާ މަޓާޓޯ އެވޯޑްސްގައި އީކުއޭޓަރގެ ފަރާތުން އެވޯޑާއި ހަވާލުވެވަޑައިގެންފައިވަނީ އީކުއޭޓަރގެ މެނޭޖަރ މުހައްމަދު ވަހީދުއެވެ. މިރޭ މަޓާޓޯން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑު ދީފައެވެ.
މަޓާޓޯ އެވޯޑްސް ހާސިލް ކުރި ފަރާތްތައް:
* ލީޑިންގް ސީއެސްއާރު ޕްރޮގްރާމް- ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް
* ޕްރޮޕަޓީ ފޯރ ލީޑިންގް ހިއުމަން ރިސޯސެސް މެނޭޖްމެންޓް- ވަން އެންޑް އޮންލީ ރީތި ރަށް
* ލީޑިންގް މީޓިންގް އެންޑް ކޮންފަރަންސް ރިސޯޓު- ޕެރެޑައިސް އައިލެންޑް ރިސޯޓު
* ލީޑިންގް ޑައިވް/ވޯޓާ ސްޕޯޓްސް ސެންޓާ- ސަން ސިޔާމް ޑައިވިންގް
* ލީޑިންގް ވެލްނެސް އެންޑް ސްޕާ ބްރޭންޑް- ދުނިޔެ ސްޕާ
* ލީޑިންގް ވެލްނެސް އެންޑް ސްޕާ ރިސޯޓު- ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް
* ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަންގެ އެވޯޑު- އަލީ އަހްމަދު (އަލިބެ) – ވިސްޓާ ކޮމްޕެނީ
* ލީޑިންގް އެއާޕޯޓު ހޮޓެލް- އީކުއޭޓާ ވިލެޖް، އައްޑޫ ސިޓީ ގަން
* ލީޑިންގް ޑައިވް ރިސޯޓު- ބަނޑޮސް މޯލްޑިވްސް
* ލީޑިންގް އީކޯ ރިސޯޓު- ސިކްސް ސެންސެސް ލާމު
* ލީޑިންގް އިންޓަނޭޝަނަލް ކެރިއާ- ސްރީލަންކަން އެއާލައިންސް
* ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަންގެ އެވޯޑު- އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ)
* ލީޑިންގް ސާރފް ރިސޯޓު- އަނަންތާރާ ދިގު
* ލީޑިންގް ލިވްއަބޯޑު- ހޮރައިޒަން 3
* ލީޑިންގް ލިވްއަބޯޑު ބްރޭންޑު- ވޮޔޭޖަސް މޯލްޑިވްސް
* ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަންގެ އެވޯޑު- ހުސައިން ވަހީދު – ވަން އެންޑް އޮންލީ ރީތި ރަށުގެ އެއާޕޯޓް މެނޭޖަރ
* ލީޑިންގް އޯލް އިންކްލޫސިވް ރިސޯޓު- ހުރަވަޅި އައިލެންޑް ރިސޯޓު މޯލްޑިވްސް
* ލީޑިންގް އިންޓަނޭޝަނަލް ހޮޓެލް/ރިސޯޓު ބްރޭންޑް- އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސް
* ލީޑިންގް ލޯކަލް ހޮޓެލް/ރިސޯޓް ބްރޭންޑް- ސަން އަކުއާ
2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަޓާޓޯ އެވޯޑްސް އަކީ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.